ދިވެހިރާއްޖެ
| 
 އަންދާސީ ހިސާބު ބޭނުންވެއްޖެ  | 
 ނަންބަރު: IUL)223/1/2020/04)  | 
| 
 ތާރީޚް: 23.01.2020  | 
އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ
މި ޓްރައިބިއުނަލްގެ އޮފީސް ހިންގުމަށްޓަކައި އޮފީސް ޢިމާރާތެއް ކުއްޔަށް ހޯދުމަށް ކުރެވުނު ނަންބަރު (IUL)223/1/2020/02 އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.
| 
 
  | 
 ތަން  | 
 ތާރީޚާއި ގަޑި  | 
| 
 ބީލަން ހުށަހެޅުއްވުން  | 
 ޓެކްސް އެޕީލް ޓްރައިބިއުނަލް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ)  | 
 04 ފެބްރުވަރީ 2020 ގެ 12:00 ގައި  | 
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ވަނީ މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައެވެ. އަދި 30 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިޓްރައިބިއުނަލްގެ ކައުންޓަރުންވެސް މަޢުލޫމާތު ކަރުދާސް ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މި ޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށެވެ.
28 ޖުމާދުލްއޫލާ 1441
23 ޖެނުއަރީ 2020