ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓްއޮތޯރިޓީގެ މެރިޓައިމް ދާއިރައާއިގުޅޭ ގަވާއިދުތައް އިނގިރޭސިބަހުން ޑްރާފްޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 20 ޖަނަވަރީ 2020 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަމްބަރ (IUL)202-A/1/2020/6 އާގުޅިގެން ދެވިފައިވާ މައުލޫމާތަށް ބަދަލުތަކެއް ގެނެސްފައިވާތީ، މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުރަވީބިލްޑިންގްގެ 1 ވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ލިބިވަޑައިގަންނަވާނެ ވާހަކަ މައޫލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ،މިވާހަކަ މައޫލޫމާތަށްޓަކައި ދެންނެވީމެވެ.
28 ޖުމާދަލްއޫލާ 1441
23 ޖަނަވަރީ 2020