ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452-EENV/23/2020/01
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:27
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދާއި ގުޅޭ

އިޢުލާން

 

          ޤާނޫނު ނަމްބަރ 20/2019 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ) އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ޢަމަލުކުރަން ފެށުމާ ގުޅިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ހުއްދަ ނެގުމާއި ޢަމަލުކުރަންވީ ގޮތާމެދު ދަންނަވަމެވެ.  

          "ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދު" (ނަންބަރު:2014/R-380 ) ގެ ދަށުން ރަޖިސްޓްރީކޮށް ހުއްދަ ދިނުމުގައި މިއެޖެންސީއަށް މިހާރު ބޭނުންވާނީ ، ހުއްދައަށް އެދޭފަރާތަކީ ޤާނޫނު ނަމްބަރ18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު )ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ލިޔުމެވެ. އަދި މިލިޔުމާއެކު، ހުއްދައަށް އެދޭއިރު، ކުރިއެކޭވެސް އެއްފަދައިން މިއެޖެންސީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ:

  • ހުއްދައަށްއެދި ހުށަހަޅަންޖެހޭ ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • ތަން ހިންގާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކާބޯތަކެތީގެ ޚިދުމަތްދޭ ތަނުގެ ލޭއައުޓް ސާފުކޮށް އެގޭގޮތަށް ކުރަހާ ލޭބަލްކޮށްފައިވާ ކުރެހުން ( ކާބޯތަކެތީގެ މަސައްކަތްކުރާ ސަރަޙައްދު އަދި ބަދިގޭގެ މަސައްކަތް ރޭވިފައިވާގޮތާއި ތަނުގެ ކުޑަ ބޮޑުމިން އެނގޭގޮތަށް މިންތަކާއެކު)
  • ކައުންސިލް އިދާރާއިން ނުވަތަ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ
  • ކައުންސިލް އިދާރާއިން ނުވަތަ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ޢިމާރާތުގެ ހުއްދަ
  • ތަނުގެ ނަން ފާސްކޮށްފައިވާ ލިޔުން
  • މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ( އެމް.ޑަބްލިޔު.އެސް.ސީ) ނުވަތަ އެރަށެއްގައި ނަރުދަމާ ނިޒާމު ހިންގައި ބަލަހައްޓާ ފަރާތަކުން ކަނޑައަޅާ ގޮތަކަށް "އޮއިލްޓްރެޕް" ހަދާފައިވާ ކަމުގެ ލިޔުން ( ހަމަ އެކަނި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނަށް)
  • އެހެންތަނަކުން ކާބޯތަކެތި ގެނެސްގެން ވިއްކާނަމަ، ސަޕްލައި ކޮށްދޭ ފަރާތަކީ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގެ ލިޔުން ނުވަތަ ދީފައިވާ ހުއްދައިގެ ކޮޕީ

         މިއެޖެންސީންނާއި، އަތޮޅުތެރޭގެ ކަމާބެހޭ މުޢައްސަސާތަކުން އިސްވެ ދެންނެވުނު ހުއްދަ ދޫކުރުމުގައި ބަލާނީ މަތީގައި ފާހަގަ ކުރެވިފައިވާ ގޮތުގެ މަތީންނެވެ.

            ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 ޖަނަވަރީ 2020