ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-HR/1/2020/7
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 1352
ސުންގަޑި: 29 ޖަނަވަރީ 2020 1330
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމް:

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-291292

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3 – އީއެކްސް 6

މަޤާމުގެ ކްލެސިފިކޭޝަން:

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 – އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ،ށ،ނ،ކ،ލ،ގއ،ފ،އއ އަދި މ އަތޮޅު ޓީޗަރ ރިސޯސް ސެންޓަރުގެ ތެރެއިން ވަޒީފާ ހަމަޖެހޭ ސެންޓަރެއްގައި (ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން)

މުސާރަ:

-/7035ރުފިޔާ  -  -/15560 ރުފިޔާ

ސަރވިސް އެލެވަންސް:

-/3500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުޠު ހަމަވާނަމަ، މަޤާމުގެ މުސާރައިގެ %28 ހަމަޖެހޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސްގެ ޑިސިޕްލިން  ތަކަކީ އެޑިޔުކޭޝަން، ސްޕެޝަލައިޒްޑް ސަބްޖެޓް ނުވަތަ ޓީޗިންގއެވެ.) ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުޠު ހަމަނުވާނަމަ، ތިރީގައި ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

MS3

-/900ރުފިޔާ

MS4

-/900ރުފިޔާ

EX1

-/1100ރުފިޔާ

EX2

-/1100ރުފިޔާ

EX3

-/1300ރުފިޔާ

EX4

-/1300ރުފިޔާ

EX5

-/1500ރުފިޔާ

EX6

-/1500ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅުގެ ސްކޫލްތަކުގެ އުނގެނުމާއި އުނގަންނައި ދިނުމާއި ބެހޭ ބޭނުންތައް ދެނެގަތުމާއިއެކު ހިންގަން ބޭނުންވާ  ހަރަކާތްތައް ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ރޭވުން. މިގޮތުން އަހަރަކު މަދުވެގެން 5 މަސައްކަތު ބައްދަލުވުން ރާވައި ހިންގުން.
  2. ހިންގަން ބޭނުންވާ ހަރަކާތްތަކާބެހޭ އަހަރީ ވާރކްޕްލޭން، ލަފާކުރާ ޚަރަދާއެކު ތައްޔާރު ކުރުން. އަދި ޕްލޭންގައިވާ ކަންކަމަށް ޕްރޮޕޯޒަލް، ބަޖެޓް ބްރޭކްޑައުންއާއެކު ތައްޔާރުކޮށް، އެ ހަރަކާތެއް ފެށުމުގެ 2 ހަފްތާކުރިން، އެން.އައި.އީ ނުވަތަ ކަމާގުޅޭ ފަރާތަށް ހުށަހެޅުން.
  3. އަހަރީ ޕްލޭންގައި ހިމެނޭ ކަންކަން، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި އެހީތެރިކަން ހޯދާ، އެކަންކަން ވިލަރެސްކޮށް ހިންގުން.
  4. އުނގެނުމަށްފަހި މާހައުލެއް ޤާއިމު ކުރުމަށް ބޭނުންވާ ފަންނީ އެހީއާއި އެހެނިހެން ވަޞީލަތްތައް ސްކޫލްތަކަށް ފޯރުކޮށް ދިނުން.
  5. ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަތޮޅުގެ ސްކޫލްތަކަށް ކޮންމެ އަހަރަކު މަދުވެގެން 1 ފަހަރު ޒިޔާރަތްކޮށް ކިޔަވައި ދިނުމާބެހޭ މަސައްކަތްތައް ބަލައި، ފީޑްބެކް ދިނުން.
  6. ސްކޫލްތަކުގެ ފަންނީ ކަންކަމާގުޅުން ހުންނަ މަޢުލޫމާތާއި ޑާޓާ އެއްކުރުމާއި ހިންގާ ޕްރޮގްރާމްތަކާއި ގުޅޭ މަޢުލޫމާތު ފަސޭހައިން ލިބޭގޮތަށް ބެލެހެއްޓުން.
  7. ޓީ.އާރް.ސީ ހުންނަ ސްކޫލްގެ ހުރިހާ ޓީޗަރުން މަދުވެގެން އަހަރަކު 2 ފަހަރު އޮބްޒާވްކޮށް، ފީޑްބެކް ދިނުމާއި ޓީޗަރުންގެ ކިޔަވައި ދިނުން ހުންނަގޮތް އެނގޭނެގޮތަށް ވަކިވަކި ޓީޗަރުންގެ ޓީޗިންގ ޕޯޓްފޯލިއޯ ތައްޔާރުކޮށް އެ ފައިލްތައް ބެލެހެއްޓުން.
  8. ޓީ.އާރް.ސީ ހުންނަ ސްކޫލްގެ ކްލާސްރޫމްގައި ކޮންމެ އަހަރަކު މަދުވެގެން 10 ނަމޫނާ ފިލާވަޅު ނަގައި ދިނުން.
  9. ހިންގާ ފަންނީ މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

(ހ) ހިންގާ ހަރަކާތްތަކާގުޅޭ ރިޕޯޓެއް، އެ ހަރަކާތެއް ހިންގާ ނިމޭތާ 2 ހަފްތާ ތެރޭގައި އެން.އައި.އީއަށް ފޮނުވުން އަދި މިފަދަ ރިޕޯޓްތަކާއި އެހެނިހެން ފަންނީ ލިޔެކިޔުންތައް ބެލެހެއްޓުން.

(ށ) ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސްކޫލްތަކަށް އެންގުމާއި މިކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން

(ނ) ދިރާސީ އަހަރު ނިމުމުން އަހަރުގެ މަސައްކަތްތައް ހިނގާދިޔަގޮތުގެ މައްޗަށް ބިނާކޮށް އަހަރީ ރިޕޯޓް ތައްޔާރުކޮށް  އެން.އައި.އީއަށް ފޮނުވުން

10. ޓީ.އާރް.ސީގެ ވަޞީލަތްތައް ބެލެހެއްޓުން

(ހ) ޓީ.އާރް.ސީ މަރާމާތު ކުރުމަށް ބޭނުންވާ ތަކެއްޗާއިބެހޭ މަޢުލޫމާތު ސްކޫލްތަކުގެ އިސްވެރިޔާއަށް އެންގުން.

(ށ) ޓީ.އާރް.ސީގައި ޤާއިމު ކުރެވިފައިވާ ވަޞީލަތްތައް ބޭނުންކުރެވޭގޮތް މޮނިޓަރކޮށް ރެކޯޑު ކުރުން.

(ނ) ޓީ.އާރް.ސީގައި ހުންނަ ވަޞީލަތްތައް އެންމެ ފައިދާކުރަނިވި ގޮތުގައި އަތޮޅުގެ ސްކޫލްތަކަށް ބޭނުންކުރެވޭނެ އުޞޫލެއް ހަމަޖައްސައިގެން މަސައްކަތް ކުރިއަށް ގެންދިޔުން

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ގްރޭޑް 4

-        ކިޔަވައި ދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ޙާޞިލުކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

-        ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއިއެކު ކިޔަވައި ދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ޙާޞިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/7035 ރުފިޔާ

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ގްރޭޑް 5

-        ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއިއެކު ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

-        ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއިއެކު(ލެވެލް7ގެ ސަނަދެއްނެތި) ކިޔަވައި ދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ޙާޞިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/7875ރުފިޔާ

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ގްރޭޑް 6

-        ކިޔަވައި ދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއިއެކު ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9ގެ ސަނަދެއް ޚާޞިލުކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

-        ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް  އަދި ކިޔަވައި ދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާ ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް9ގެ ސަނަދެއް ޙާޞިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/8835ރުފިޔާ

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ގްރޭޑް 7

-        ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއިއެކު ކިޔަވައި ދިނުމުގެ ރޮނގުން ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ޙާޞިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/9890ރުފިޔާ

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ގްރޭޑް 8

-        އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7ގެ މަޤާމު ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

އަދި

-        ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން. ފާއިތުވީ 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85އިން ސައްތަ މާކްސް ހޯދާފައިވުން

-/11065ރުފިޔާ

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ގްރޭޑް 9

-        އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8ގެ މަޤާމު ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

އަދި

-        ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިން ސައްތަ މާކްސް ހޯދާފައިވުން

-/12400ރުފިޔާ

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ގްރޭޑް 10

-        އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9ގެ މަޤާމު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

އަދި

-        ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިން ސައްތަ މާކްސް ހޯދާފައިވުން

-/13890ރުފިޔާ

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ގްރޭޑް 11

-        އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10ގެ މަޤާމު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

އަދި

-        ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިން ސައްތަ މާކްސް ހޯދާފައިވުން

-/15560ރުފިޔާ

 

ތަޢުލީމީ ރޮނގުތައް:

ޓީޗިންގ ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖުމުއިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކު ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކު ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ހ) ޙާޞިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

(ށ) މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

(ނ) ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ބަލައިގެން

(ނ) ޤާބިލުކަން ކަށަވަރުކުރުމަށް އިމްތިޚާނުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖަނަވަރީ 2020ގެ13:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 09 ފެބްރުވަރީ 2020އާއި 20ފެބްރުވަރީ 2020އާ ދެމެދު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމް)" އާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ (A2ފޯމް) އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުކޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323242އަށެވެ. އަދި އީމެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުން ހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާ ގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

           25 ޖުމާދަލްޢޫލާ   1441

2020-01-20