މަސައްކަތް
ނަންބަރު: (IUL)1-CSO(FM)/1/2020/2
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 22 ޖަނަވަރީ 2020 11:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ އެއަރކޮންޑިޝަން ސެޓް މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ އެއަރކޮންޑިޝަން ސެޓް މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީހުގެ ބޭނުމަށް 1 (އެކެއް) އެއަރކޮންޑިޝަން ސެޓް، މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް 8 ޖަނަވަރީ 2020 ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-CSO(FM)/1/2020/1) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް ތިން ފަރާތުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2020 ޖަނަވަރީ 22 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2020 ޖަނަވަރީ 27 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

24 ޖުމާދަލްއޫލާ 1441

19 ޖަނަވަރީ 2020