ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)246/246/2020/4
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓް ޢާންމުކުރުން.

މި އިދާރާގެ ނަމްބަރު: 246/246/2019/62 (އައިޔޫއެލް) (17ޑިސެންބަރު 2019) އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް ޢާންމުކޮށްފީމެވެ. މިލިސްޓް މި އިދާރާގެ  ނޯޓިސްބޯޑާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަން ހުންނާނެއެވެ.

19 ޖަނަވަރީ 2020