މަސައްކަތް
ނަންބަރު: (IUL)GS24/2020/2
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 26 ޖަނަވަރީ 2020 13:00
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދަނާލު އެޕާރޓްމަންޓްތަކުގެ އެތެރޭގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުން

ދަނާލު އެޕާރޓްމަންޓް އެތެރޭ ފާރުތަކުގައި އާއި ސީލިންގ ގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ GS24/IUL/2019/57 (16 ޑިސެމްބަރ 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާވަރަށް ބިޑް ހުށައެޅުމަށް ރަޖިސްޓްރީ ވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020  ޖެނުއަރީ 16 އިން 2020 ޖެނުއަރީ 26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖެނުއަރީ  27 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 28 ވާ އަންގާރަ ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

16 ޖަނަވަރީ 2020