މަސައްކަތް
ނަންބަރު: (IUL)383/383/2020/5
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 20:56
ސުންގަޑި: 20 ޖަނަވަރީ 2020 13:15
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިރަށުގެ އިޖުތިމާޢީ ސަރަހައްދުތައް، މިއިދާރާއިން އަންގާ ގޮތެއްގެމަތީން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. މި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.

 

ތާރީޚް

ގަޑި

ދުވަސް

ތަން

މަޢުލޫމާތު ދިނުން

20 ޖަނަވަރީ 2020

13:15

ހޯމަ

ކައުންސިލް އިދާރާ ޖަލްސާކުރާ މާލަމް

އަންދާސީ ހިސާބު ހުށަހެޅުން

27 ޖަނަވަރީ 2020

13:15

ހޯމަ

ކައުންސިލް އިދާރާ ޖަލްސާކުރާ މާލަމް

މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ ކްލަބް ޖަމްޢިއްޔާ ޖަމާއަތްތަކަށާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު، މަޢުލޫމާތު ނަގަނީ ކޮންފަރާތެއްގެ ނަމުގައިކަން އަންގައިދޭ ލިޔުމެއް ނުވަތަ ތަމްސީލްކުރާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޖަނަވަރީ 2020