މަސައްކަތް
ނަންބަރު: 198-F/2020/09
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 18:12
ސުންގަޑި: 27 ޖަނަވަރީ 2020 13:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ ކޯޓުރޫމްތަކަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ ކޯޓު ރޫމްތަކަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު:  198F/2019/86އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ޑިޕާޓްމަންޓްގެ ސްޕެސިފިކޭޝަނަށް ނުފެތުމާއި، އަދި އެ އިޢުލާނާގުޅިގެން ހުށަހަޅައިފައިވާ އަގުތައް ބޮޑު ކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް އެ ތަކެތި ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މި ކަމާބެހޭ މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ޖަނަވަރީ 27 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މި ޑިޕާޓްމަންޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3340994 އަދި 3340871 އާ ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުން އެދެމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

19 ޖުމާދަލްއައްވަލް 1441

14 ޖަނަވަރީ 2020