ތަމްރީނު
ނަންބަރު: (IUL)438-CCD/438/2020/15
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 18 ޖަނަވަރީ 2020 23:59
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ސެޓިފައިޑް އެނަރޖީ އޮޑިޓަރސް ޓްރެއިނިންގ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓްގެ ފަރާތުން ސެޓިފައިޑް އެނަރޖީ އޮޑިޓަރސް ޓްރެއިނިންގ (ސީއީއޭ) ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ގަސްތުކުރެވިފައެވެ. މި ތަމްރީން ޕްރޮގްރާމަކީ އެމެރިކާގެ އެސޯސިއޭޝަން އޮފް އެނަރޖީ އިންޖިނިއަރސް (އޭއީއީ) ގެ ފަންނީ އެހީތެރިކަމާއި އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އޭއީއީގެ ސީއީއޭ ޕްރޮގްރާމް ރާއްޖޭގައި ހިންގުމުގެ މަޤްސަދަކީ ރާއްޖޭގައި އެނަރޖީ އޮޑިޓިންގެ ދާއިރާއިން މީހުން ބިނާކޮށް، އެނަރޖީ އޮޑިޓިންގ ދާއިރާއަށް ބޭނުންވާ ސެޓިފައިޑް ދިވެހިން ހޯދުމަށް މަގުފަހި ކުރުމެވެ.

އެއްދަންފަޅީގެ އިމްތިހާނަކާއި އެކު ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ ހަކަތައިގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 16 އިން 27 ފެބްރުއަރީ 2020 އަށެވެ.

ސީއީއޭ ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

https://www.aeecenter.org/certifications/certifications/certified-energy-auditor

ސެޓިފައިޑް އެނަރޖީ އޮޑިޓަރސް ޓްރެއިނިންގައި ބައިވެރިވުމުގެ ފީ އަކީ ( މެމްބަރޝިޕް ފީ 195 ޑޮލަރު + ސެޓިފިކޭޝަން ފީ 300 ޑޮލަރު) 495 އެމެރިކާ ޑޮލަރެވެ. މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ހޭދަވާ އެހެނިހެން ޙަރަދުތައް ހަމަޖައްސާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުންނެވެ.

ވީމާ، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 18 ޖަނަވަރީ ގެ 23:59 ގެ ކުރިން މި އިޢުލާނާއެކު އެއްކުރެވިފައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ސީވީއާއި އެކްރެޑިޓެޑް ސެޓިފިކެޓްތަކުގެ ކޮޕީ ފޮނުއްވަނީ [email protected] އަށެވެ.

އީމެއިލް ފޮނުވާއިރު ތިރީގައިވާ ގޮތަށް އެޑްރެސްކުރުމަށް އެދި ދެންނެވީމެވެ.

“Application for Certified Energy Auditor training, 16-27 February 2020”

ނޯޓް:

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އެޕްލިކޭޝަން ހުށައަޅާ ތަރުތީބުން، ޝަރުތު ފުރިހަމަވާ 10 ފަރާތަކަށެވެ.

ސީއީއޭގެ ޓްރެއިނިންގ އައުޓްލައިން އެއްކަރުދާސް ކުރެވިފައި.

އިތުރު މަޢުލޫމާތު [email protected] ހޯއްދެވުމަށްއަށް އީމެއިލް ކުރައްވާ!

 

14 ޖަނަވަރީ 2020