މަސައްކަތް
ނަންބަރު: GS19-C/IUL/2020/04
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 1232
ސުންގަޑި: 28 ޖަނަވަރީ 2020 1130
ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީސް ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ އިއުލާން)

މި މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް އޮތް 3 އަހަރަށް (2020 - 2022) ބޭނުންވާ އެކްޓިވިޓީސް ޔުނިފޯމް  ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް މިމަދަރުސާއިން ކުރި GS19-C/IUL/2019/61 ނަންބަރު އިއުލާނާ ގުޅިގެން އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ވާތީ ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖެނުއަރީ 15 ން 20 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖެނުއަރީ 21 ވާ އަންގާރަ ދުވަހުގެ 11:30 ގައި މި މަދަރުސާގެ މީޓިންގ ރޫމްގައެވެ.
  3. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 28 ވާ އަންގާރަ ދުވަހުގެ 11:30 ގައި  މި މަދަރުސާގެ މީޓިންގ ރޫމްގައެވެ.
  4. ސަމާލުކަން ދޭންވީ ކަންކަން:

ހ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި، ތަކާއި، ކުންފުނިތަކަށެވެ.

ށ. މަޢްލޫމާތު ސާފުކުރުމާއި، އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަސްކޮށް ޙާޒިރުވާ ފަރާތްތަކަށް ބައިވެރިނުވެވޭނެކަމުގައިވެސް ދެންނެވީމެވެ.

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހއ. އަތޮޅު މަދަރުސާ

ހއ. ހޯރަފުށި

ފޯން: 6500048، 7797292

އީ-މެއިލް: [email protected]

2020-01-14