ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-BCC/2020/04
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 1015
ސުންގަޑި: 22 ޖަނަވަރީ 2020 1400
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަށް ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

        01 އޮފީސް އެސިސްޓަންޓް

1.  ވަޒީފާގެ މަސްއޫލިއްޔަތު

 • މަސައްކަތު ކޮންމެ ދުވަހަކު ބީސީސީ ގެ އޮފީސް ކުނިކަހައި ފޮޅައި ސާފުރުމާއި ފެންފޮތިލުމާއި ޑަސްބިންތައް ހުސްކުރުން.
 • މަސައްކަތުގެ ކޮންމެ ދުވަހަކު އޮފީހުގެ ފާހާނާތައް ހަފްތާއަކު ތިން ފަހަރު ރީތިކޮށް ދޮވެ ސާފުކުރުން.
 • ކަނޑައެޅޭ ހަފްތާގައި ބީސީސީގައި ބާއްވާ އެކިއެކި މީޓިންގތަކަށް ކޮފީތައްޔާރުމާއި މީޓިންގ ނިމުމުން ކޮފީތަށިތައް ނެރެ ވަގުތުން މީޓިންގ ރޫމް ސާފުކުރުން.
 • ބީސީސީއިން ފޮނުވާ ސިޓީ ފަދަ ލިޔެކިއުންތައް، ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
 • ހަފްތާއަކު 2 ދުވަހު އޮފީހުގެ ބިއްލޫރި ދޮރުފަތްތަކާއި، އިލެކްޓްރިކަލް ފިޓިންގްސް، ކުޑަދޮރުތައް އަދި ޕާޓިޝަންތަކުގެ ހިރަފުސް ފޮޅާ ފޮހެ ސާފުކުރުން.
 • ބީސީސީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލުކުރެވޭ ކަންކަންކޮށްދީ އެހީތެރިވުން.

 2.  ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ

 • ލިޔަންކިޔަން ދަތުމާއި، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން ސާބިތުކޮށްދިނުން.
 • މަގާމުގައި އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 3.  މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް

 • ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން

 4.  މުސާރަ އަދި އެހެނިހެން އިނާޔަތްތައް

 •  -/8000 ރުފިޔާ (ޕެންޝަން ހިމަނައިގެން)

 5. މަސައްކަތްކުރަން ޖެހޭ ވަގުތު

 • ރަސްމީގަޑި

 6.  މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

 •   ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
 •   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
 •   މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
 •   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
 •   ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
 •   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

ސަކީނާ މަންޒިލް 4 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު، މާލެ

ފޯނު: 3010546 (960)+                           

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

2020-01-13