ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-BCC/2020/01
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 14 ޖަނަވަރީ 2020 14:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުުސަތު- ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

މި ކޯޕަރޭޝަންގެ ދަށުން ގާއިމް ކުރެވިފައިވާ ބިޒްނަސް ސެންޓަރތަކަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

   ބިޒްނަސް ސެންޓަރ އޭދަފުށި

    - 02 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ 

   ބިޒްނަސް ސެންޓަރ މަނަދޫ

   - 02 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ 

   ބިޒްނަސް ސެންޓަރ ތިނަދޫ

   - 01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

 

މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ

 

މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2020 ގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްތަކުގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

ސަކީނާ މަންޒިލް 4 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު، މާލެ

ފޯނު: 3010569 (960)+                          

އީމެއިލް:  [email protected]

ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

07 ޖަނަވަރީ 2020