ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2020/02
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 15 ޖަނަވަރީ 2020 23:59
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާއިދާއި ޚިލާފަށް މާލެއާއި ވިލިނގިލީގެ ފަޅުގެ އެކި ސަރަޙައްދުތަކުގައި ދަތުރުނުކޮށް އަޅާފައި ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމާއި ބެހޭ

މިހާރަކަށް އައިސް މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ޤަވާއިދާއި އަދި ޤާނޫނު ނަމްބަރ 69/78 ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާއިބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި ޚިލާފަށް، ސަލާމަތީ ސެޓްފިކެޓް ނެތި ރަޖިސްޓްރީ ނުކޮށް، އުޅަނދު ބަލަހައްޓާނެ ފަރާތެއް ނެތި އެއްގޮތަކަށްވެސް ދަތުރުނުކޮށް ގިނަދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކިސަރަޙައްދުތަކުގައި އަޅާފައި ހުންނަ އުޅަނދުފަހަރާއި، ސާފުތާހިރުކަމުގެ ސެޓްފިކެޓާއި ދައުލަތުގެ ކަމާބަހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާއި ނުލާ މަސް ގެންގުޅޭ ފެކްޓްރީ ހަދައިގެން މަސްގެންގުޅުމާއި ވިއްކުމުގެ ހިދުމަތް ދިނުމާއި، އައިސްފޮށި ބަހައްޓައިގެން މަސްގުދަނެއްގެ ގޮތުގައި ބޭނުންކުރާ އުޅަނދުފަހަރާއި އަދި  ރަޖިސްޓްރީ ނަމްބަރ އެއްގޮތަކަށްވެސް ނުޖަހާ ހުންނަ އުޅަނދުފަހަރު ގިނަވަމުންދާކަން ފާހަގަކުރެވެއެވެ. އަދި ފަޅުގެ ޤަވާއިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅުބޭނުންކުރާ ފަރާތްތަކަށް އެފަދަ އުޅަނދުފަހަރުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ . ކަންމިހެންއޮތުމާއެކުވެސް، ޒިންމާ ވާނޭ ފަރާތެއް ނެތި ފަޅުތެރޭގައި މިގޮތަށް އަޅާފައި ހުންނަ އުޅަނދުފަހަރުގައި ތަފާތު ކުށްތައްކުރުން އިތުރުވަމުން ދާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުން މުންނެވެ.

            ވީމާ 15 ޖަނަވަރީ 2020 ގެ ނިޔަލަށް، އެފަދަ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެއުޅަނދުފަހަރު މާލެއާއި ވިލިނގިލީގެ ފަޅުން ނެންގެވުމަށާއި، މިތާރީޚްގެ ފަހުން ނުނަންގަވާ ހުންނަ އެފަދަ އުޅަނދުފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރުކަމަށް ބަލާ ، ޤާނޫނު ނަންބަރު 6/2008 ގެ ދަށުން އަމަލުކުރަމުންގެންދާ ' މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ޤަވާއިދު ' އާއި އެއްގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިކައުންސިލް ގުޅިގެން އެއުޅަނދުތައް އެސަރަހައްދުން ނަގައިގެން އެފަދަ އުޅަނދު ފަހަރު ބޭއްވުމަށް މިކައުންސިލްއިން ކަނޑަ އަޅާތަނަކަށް ގެންދެވޭނެއެވެ. އަދި އުޅަނދު ނެގުމުގެ ތެރޭގައާއި، ނެގުމަށްފަހު އުޅަނދާއި އުޅަނދުގެ ތަކެއްޗަށް ލިބޭގެއްލުމަކަށް މިކައުންސިލްއިން ޒިންމާނުވާނެ ކަމުގައިވެސް ދަންނަވަމެވެ.

             ވުމާއެކު މިދެންނެވި އުޅަނދުތައް 15 ޖަނަވަރީ 2020 ދުވަހުގެ ނިޔަލަށް އެސަރަހައްދުން ނެގުމަށް އަންގާ ޢާންމުކޮށް އިޢުލާން ކުރީމެވެ.

 

                          10 ޖުމާދުލްއޫލާ 1441

                          05 ޖެނުއަރީ 2019

05 ޖަނަވަރީ 2020