ޢާންމު މަޢުލޫމާތު
ނަންބަރު: (A) CB-2019/309
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1559
ސުންގަޑި: 29 ޑިސެންބަރު 2019 1500
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު 2020 ގެ ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު :A) CB-2019/309) 

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު 2020 ގެ ސިޓީތަކުގެ

އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ރ) ގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ސިޓީ / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ޤާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް  / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށްފަހު ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި ނަންތަކަށް ހިޔާލު ހުށަހަޅާނީ 2019 ޑިސެމްބަރ 29 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށެވެ. ޚިޔާލު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ.

އަދި މި ކޮމިޝަނުގެ އީ-މެއިލް ([email protected])، ޓްވިޓަރ (@ElectionsMv) އަދި ފޭސްބުކް (@electionscommission)  މެދުވެރިކޮށްވެސް ޚިޔާލު ހުށަހެޅޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

2019-12-26