ތަމްރީނު
ނަންބަރު: (IUL)CA/1/2019/73
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 07 ޖަނަވަރީ 2020 15:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ތަމްރީނު ވުމުގެ ފުރުޞަތު

                                

ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ތަމްރީނުވުމުގެ ފުރުޞަތު  
ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް
ލެވެލް: ސެޓްފިކެޓް ލެވެލް 3 ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް ކޯހުގެ ނަން:
    • ޖީ.ސީ.އީ އޯލެވެލް މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން؛ ނުވަތަ      
    • އެމް.ކިއު. އޭ ލެވެލް 2 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން؛  ނުވަތަ
    • ގްރޭޑް 6 ނިންމާފައިވުމާއެކު އިމްޕޯޓް އެކްސްޕޯޓް އަދި ކަސްޓަމްސް ކްލިއަރެންސް  ދާއިރާގައި 01 (އެކެއް) އަހަރުދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން؛
    • އުމުރުން 18 އަހަރު ފުރިފައިވާ  ދިވެހި ރައްޔިތެއް ކަމުގައިވުން.
ކޯހުގެ ޝަރުތު:
    • މިކޯހުގެ މަޤްސަދަކީ މުދާ ކްލިއަރކުރުމުގެ ކަންކަމުގައި މިއޮފީހާއެކު މުޢާމަލާތްކުރާ ފަރާތްތަކަކީ ކަނޑަ އެޅިފައިވާ އުޞޫލުތަކުގެ ދަށުން ޚާއްޞަ ތަމްރީނުތަކެއް ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތްތަކަކަށް ހެދުމެވެ.
    • މިކޯސް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 4 މޮޑިއުލްގެ މައްޗަށެވެ.
 Module 1- Brokers Regulation and Customs ProceduresModule 2- Valuation ProcessModule 3- Documentation ProcessModule 4- Harmonized System 
    • މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 2020 ގައެވެ. އަދި ކޯހުގެ ކިޔެވުން ކުރިޔަށްދާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒް ގައެވެ. ކޯހަށް މީހުން ހޮވުމުގައި އިމްޕޯޓް އެކްސްޕޯޓް އަދި ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
    • މިކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑަށް ރިޢާޔަތްކޮށް އެފަރާތެއް ކޯހުގައި ބައިވެރިނުކުރުމުގެ އަދި ކޯހުން ވަކިކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
    • ކޯހުގެ ފީއަކީ -/6000 ރުފިޔާއެވެ.
    • މިކޯހުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކުން ފާސްނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން މިކޯސް ނުވަތަ ކޯހުގެ ބައެއް ފުރިހަމަ ކުރަންބޭނުންވާނަމަ، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒްއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ހަމަޖައްސައިދެވޭނެވެ.
  
    • އިތުރު މަޢުލޫމާތު www.customs.gov.mv ވެބްސައިޓް އިން ލިބެންހުންނާނެވެ.
އިތުރު މަޢުލޫމާތު:
    • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމް
    • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު
    • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ކޮޕީ
    • ޑީ.ޓީ.އައި ސެންޓަރެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ މީހެއްކަން އަންގައިދޭ ކުންފުނީގެ ލިޔުން.
ހުށަހަޅަންޖެހޭ ތަކެތި:
ސުންގަޑި:  07 ޖަނަވަރީ 2020(އަންގާރަ) ދުވަހުގެ 15:30 ގެ ކުރިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވުން އެދެމެވެ.
ކޯހަށް އެދޭ ފޯމް ކަސްޓަމްސްގެ ވެބްސައިޓް   www.customs.gov.mv އާއި މިއޮފީހުން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3334106 އަދި 3334108 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

     

 

25 ޑިސެމްބަރ 2019

25 ޑިސެންބަރު 2019