ވަޒީފާގެ ފުރުޞަތު
ނަންބަރު: FDC-IUL/2019/42
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 30 ޑިސެންބަރު 2019 14:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: އަރކިޓެކްޓް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްޟީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު:  އަރކިޓެކްޓް

ބޭނުންވާ އަދަދު: 01

ކުރިމަތިލުމުގެ ސުންގަޑި: 2019 ޑިސެންބަރު 30 ވާ ހޯމަ ދުވަހުގެ 14:00 އަށް

ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ތަކެތި: މި ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް މި ކޯޕަރޭޝަންގެ މައި އޮފީސް (ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ. އޯކިޑް8B  އަމީރުއަޙްމަދު މަގު، މާލެ، 20095) އަށް ނުވަތަ އީމެއިލް ([email protected]) އަށް ހުށަހެޅުއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު 3313244 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

23 ޑިސެންބަރު 2019