ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HMS/1/2019/105
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 17:22
ސުންގަޑި: 31 ޑިސެންބަރު 2019 16:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު, ސީނިއަރ ޓެކްސް އޮފިސަރ، ލީގަލް ސަރވިސް

މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ލީގަލް ސަރވިސް
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުޞަތު

 

 

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، ލީގަލް ސަރވިސް (އޮފިސަރ، SO1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް:

ލީގަލް ސަރވިސް ޑިވިޜަން

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއިން ދަޢުވާކުރާ މައްސަލަތުގައާއި އަދި މީރާ އާ ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގައި ޓެކްސް އެޕީލް ޓްރައިބިއުނަލް، ސިވިލް ކޯޓު، ހައި ކޯޓު އަދި ސުޕްރީމް ކޯޓުގައި މީރާ ތަމްޞީލުކުރުމާއި އޮތޯރިޓީއަށް ބޭނުންވާ އެހެނިހެން ގާނޫނީ މަސައްކަތް ކުރުން.

ޝަރުޠު:

ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މިމަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

- މަތީގައިވާ މަގާމަށް އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

 

މި މަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 31 ޑިސެންބަރު 2019 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

25 ރަބީޢުލްއާޚިރު 1441

 

 

22 ޑިސެންބަރު 2019