ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)220-AS/1/2019/104
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:41
ސުންގަޑި: 24 ޑިސެންބަރު 2019 11:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - Software Assurance or Subscription

 

އިޢުލާން

 

މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ސޮފްޓްވެއަރ އަދި ލައިސަންސް ހޯދަން ބޭނުން ވެގެން 15 އޮކްޓޫބަރު 2019 ގައި ކުރި ނަންބަރު IUL)220-AS/1/2019/74) އިޢުލާނާ ގުޅިގެން އެތަކެތި ފޯރުކޮށްދިނުމަށް ހުށަހަޅައިފައިވާ ޕްރޮޕޯސަލްތައް ޓެކްނިކަލް ސްޕެސިފިކޭޝަނަށް ނުފެތޭތީ ދެންނެވުނު އިޢުލާނު ބާތިލުކޮށް އެތަކެތި ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.    

Software Assurance or subscriptions for

  • Windows Server
  • Exchange Server Enterprise
  • Exchange Server Standard 

ވީމާ މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

24 ޑިސެންބަރު 2019

އަންގާރަ

11:00

 

 

 

އަންދާސީހިސާބު ތައްޔާރު ކުރައްވަން ވާނީ މި އިޢުލާނާ އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ސަމާލުކަން ދެއްވައިގެންނެވެ. މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު: 3339513, 3019611 އަށް ގުޅުއްވުން އެދެމެވެ.

 

 22 ރަބީޢުލްއާޙިރު 1441

 

19 ޑިސެންބަރު 2019