ދެންނެވުން
ނަންބަރު: (IUL)MHCL-ADM/1/2019/33
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:55
ސުންގަޑި: 20 ޖަނަވަރީ 2020 15:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ދައްކަވާފައިވާ ފައިސާ އަނބުރާ ދޫކުރުމާ ގުޅޭ

އިޢުލާން

 

ޙައްޖު އަދި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ޤަޞްދުކުރާ ފާރާތްތަކުން، މި ކޯޕަރޭޝަނަށް ދައްކަވާފައިވާ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަކީ މި ކޯޕަރޭޝަނުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުން ގެންދާ ކަމެކެވެ. ޙައްޖަށް ދިއުމަށްޓަކައި ފައިސާ ދައްކަވާ ފަހުން އަނބުރާ ނަންގަވަން އެދިއްޖެ ހިނދެއްގައި އެ ފައިސާ މިއަންނަނީ އަނބުރާ ރައްދު ކޮށްދެމުންނެވެ. މިގޮތުން އަނބުރާ ފައިސާ ހަވާލުކުރުމުގައި ގެންގުޅޭ އުޞޫލު ހަރުދަނާ ކުރުމުގެ ގޮތުން، 22 ޑިސެންބަރު 2019 އިން ފެށިގެން ފައިސާ އަނބުރާ ރައްދުކުރުމަށް ހެދޭ ޗެކު ހެދޭނީ، އެކައުންޓްގެ ވެރިފަރާތުގެ ނަން މަތީގައި އެކަނި ކަމުގައި ދަންނަވަމެވެ.

އެހެން ކަމުން މިކަން އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ. މިފަދަ ކަންކަމުގައި ތިޔަފަރާތްތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

 

ޝުކުރިއްޔާ!

19 ޑިސެންބަރު 2019