މަސައްކަތް
ނަންބަރު: (IUL)319/319/2019/29
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:45
ސުންގަޑި: 29 ޑިސެންބަރު 2019 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބަނދަރުހިޔާ" ގެ ނުނިމިހުރި މަސައްކަތްތައްކުރުން

ބ.މާޅޮހު ބަނދަރުގެ ސަރަހައްދުގައި ޢިމާރާތްކުރަމުންގެންދާ "ބަނދަރުހިޔާ" ގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ބޭނުންވެގެން ތިންވަނަފަހަރަށްވެސް ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާނުކުރަމެވެ.

ވީމާ މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 11:00ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޑިސެމްބަރ 2019 ވާ އާދިއްތަދުވަހުގެ 11:00ށް އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ހުށަހަޅުއްވާ އެސްޓިމޭޓްތައް އަދި ގަޑިޖެހުމުގެފަހުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

18 ޑިސެންބަރު 2019