މަސައްކަތް
ނަންބަރު: GS160/2019/323
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 09 ޖަނަވަރީ 2020 11:00
ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުން

`

 

ދިގުރަށުސްކޫލް

 

 

 އދ. ދިގުރަށް

 

 ދިވެހިރާއްޖެ.

 

                                          އިޢުލާން ނަންބަރ:GS160/2019/323

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2020 ވަނައަހަރަށް ސްކޫލް ހުޅުވެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުން 

1        މިސްކޫލުގެ ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ ޝަރުތުތައް ބީލަންފޮތުގައި ވާނެއެވެ.

  • ކްލާސްރޫމް ތަންޑު އަދި ވައި ތަންޑު އެޅުން
  • ކުލާސްރޫމާއި ފާޚާނާގެ ދޮރޮފަތް ބަދަލުކުރުން
  • ޑޯރ ކްލޯޒަރ ހަރުކުރުން
  • ކުޑަދޮރު ހުޅު ބަދަލުކުރުން
  • ކުޑަދޮރުގެ ބިއްލޫރި ބަދަލުކުރުން
  • ހޯލުގެ 2 ޕާޓިޝަން މަރާމާތުކުރުން
  • ގޭޓު ތަކުގެ ހުޅުތައް ބަދަލުކޮށް ދަވާދުލައި ތަންޑު އެޅުން 
  • ފައުންޑޭޝަން ކުލާސް ޕްލޭ ގްރައުންޑަށްދާ ދޮރާށިލުން
  • ފާޚާނާ ތަށި ބަދަލުކުރުން
  • ދަރިވަރުންގެ އާފާޚާނާ ބަރީގެ އިސްކުރު ބަރި ހުރިތާގައި ދަރިވަރުންނަށް މޫނު ދޮވެވޭގޮތަށް ސިންކު ތައްޓެއް ހެދުން
  • ކީސްޓޭޖް 1އަދި 2 ގެ ކުލާސްރޫމްތަކަށް ވަންނަ ދޮރު ކައިރީ ސްޓެއަރ އެއް ހެދުން
  • ހެލްތު ރޫމްގައި ޕާޓިޝަނެއްޖަހައި ދޮރަކާއި ދޮރުފަތެއް އަރުވައި ތަޅެއްއެޅުން
  • ސްޓާފްރޫމު ދޮރުފަތުގައި އަތްގަނޑު ތަޅެއް އެޅުން
  • ކީސްޓޭޖް 1 އަދި 2 ގެ ކުލާހަށް ވަންނަން ރޭމްޕް ހެދުން

2        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރ 17 ން 2019 ޑިސެމްބަރ 25 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3        މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 26 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިސްކޫލުގައެވެ.

4        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރ 3 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 09 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.

6        މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

7        މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

8        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދިގުރަށްސްކޫލް

އދ. ދިގުރަށް/ ދިވެހިރާއްޖެ

ފޯން:  6680841 /7840634   

އީ-މެއިލް: [email protected]

 

 

20 ރަބީޢުލްއާޙިރު 1441

17  ޑިސެންބަރ 2019

17 ޑިސެންބަރު 2019