ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2019/86
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 30 ޑިސެންބަރު 2019 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވޭތޯ ބެލުމަށް

އިޢުލާން

ޔޮޓް މެރީނާއެއް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް މިމިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ އއ. މުށިމަސް މިގިލި (ސަފާރީ އައިލެންޑް) ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާނުގެ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލްއިން ހުށަހަޅުއްވާ ކަމުގައިވަނީނަމަ [email protected]  އަށް އީމެއިލް ކޮށްދެއްވުމަށް އަންގާ އިޢުލާނު ކުރީމެވެ.

 

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

19 ރަބީޢުލްއާޚިރު  1441ހ

16 ޑިސެންބަރު   2019މ

16 ޑިސެންބަރު 2019