މަސައްކަތް
ނަންބަރު: (IUL)213-AD/1/2019/102
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1333
ސުންގަޑި: 25 ޑިސެންބަރު 2019 0900
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ އެއަރ ކަންޑިޝަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

މޯލްޑިވްސް ޕޮލިޓެކްނިކްގެ އެއަރ ކަންޑިޝަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިއުލާނު ނަމްބަރު  (IUL)213-PR/1/2019/96 އާއި ގުޅިގެން އެކަށީގެންވާ އަދަދެއްގެ ފަރާތްތަކުން ބިޑް ހުށައެޅުމަށް ހާޟިރުވެފައިނުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން އިއުލާންކުރަމެވެ.  

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 10:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ޑިސެމްބަރ 2019 ވާ  ބުދަ ދުވަހުގެ  09:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 12:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ބިޑް ސެކިއުރިޓީ، ޕާފޯމަންސް ސެކިއުރިޓީ  އަދި އެޑްވާންސް ޕޭމަންޓް

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/6000 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 30 ދުވަހެވެ. މި މަސައްކަތުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %2 އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 24 ޑިސެމްބަރ 2019 ވާ  އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305414 އާއި ގުޅުއްވުން އެދެމެވެ.

 

19 ރަބީޢުލްއާޚިރް 1441

16 ޑިސެމްބަރ    2019

2019-12-16