މަސައްކަތް
ނަންބަރު: (IUL)342/INDIV/2019/131
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 26 ޑިސެންބަރު 2019 13:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި އޮޑިދޯނިފަހަރު މަރާމާތު ކުރުމަށް ބޭނުން ކުރާ ސަރަޙައްދުގެ ވަށާފާރުގެ މަސައްކަތް ކުރުމާއިބެހޭ.

އިޢުލާނު

މިރަށުގައި އޮޑިދޯނިފަހަރު މަރާމާތު ކުރުމަށް ބޭނުން ކުރާ ސަރަޙައްދުގެ ވަށާފާރުގެ މަސައްކަތް ކުރުމާއިބެހޭ.

              މިރަށުގައި އޮޑިދޯނިފަހަރު މަރާމާތުކޮއް އެހިލާ ބެލުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގެ އިންވަކިރުމަށްޓަކައި އެތަނުގެ ފާރުތައް ރޭނުމަށްބޭނުންވާ ކޮންކްރީޓް މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

              ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

18 ޑިސެންބަރު 2019

ބުދަ

މެންދުރު ފަހު 13:00

އަންދާސީ ހިސާބް ހުށަހެޅުން

26 ޑިސެންބަރު 2019

ބުރާސްފަތި

މެންދުރު ފަހު 13:00

 

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.

                  މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑާއިގަންނަވާއިރު ކުންފުނީގެ  ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ޖަމާޢަތުގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  15 ރަބީޢުލްއާޚިރު 1441

                     12 ޑިސެންބަރު 2019

12 ޑިސެންބަރު 2019