ދިވެހިރާއްޖެ
މި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ 30 ޓަނުގެ ފެންޕްލާންޓެއް މަރާމާތު ކުރުމަށްޓަކައި ތިރީގައި ދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
| QTY | DETAILS | # | 
| 4 | Seawater Membrane 8” X 40” Dia (Film Tec) | 1 | 
| 2 | Low Pressure Switch (Denfoss) | 2 | 
| 1 | Pressure Control Valve 1 ½” inch | 3 | 
| 4 | Pressure Gauge 0-6 bar (Back Entry) | 4 | 
| 2 | High Pressure Gauge 0-100 bar (Back Entry) | 5 | 
| 1 | Sand Filter (with sand) 30” Dia | 6 | 
| 8 No’s | Sand Filter Complete Valve Set (PVC) 1 ½” | 7 | 
| 4 No’s | Pvc Cement Can (Big) | 8 | 
| 2 No’s | Tank (synthetic) (2500L) | 9 | 
| 2 No’s | Tank (Synthetic) (5000L) | 10 | 
| 3 | Float Switch | 11 | 
| 1 | Roll Conduit Pipe 25mm | 12 | 
| 200 No’s | Cable Tie 10” | 13 | 
| 1 | CARTRIDGE Filter Housing (with replaced Filter) (7 Nos Cartridge filter fixing Type) | 14 | 
| 4 | Pipe PVC (HP) 1 ½” | 15 | 
| 6 | PVT PVC (HP) 1” | 16 | 
| 14 | PVC Elbow (HP) 1” | 17 | 
| 6 | PVC Joint (HP) 1” | 18 | 
| 25 | PVC PIPE 2” (HP) | 19 | 
| 26 | PVC JOINT 2” (HP) | 20 | 
| 18 | PVC Elbow 2” (HP) | 21 | 
| 2 | Non return Valve 2” (PVC) | 22 | 
| 6 | Faucet Socket PVC (HP) 2” | 23 | 
| 6 | Valve Socket 2” PVC (HP) | 24 | 
| 4 | Tee 2” PVC (HP) | 25 | 
އަންދާސީހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު
- އަންދާސީހިސާބުގައި ހިމެނޭ ކޮންމެ އައިޓަމަކަށް، އަގު ހުށަހަޅަން ވާނެއެވެ. އަދި ހުށަހަޅާ އަގަކީ މި އިދާރާއާ ހަމައަށް ފޯރުވައިދޭނޭ އަގަކަށް ވާންވާނެއެވެ.
- އަންދާސީހިސާބުގައި ތަކެތި ހަވާލުކުރެވޭނެ މުއްދަތު އެނގެން އޮންނަންވާނެއެވެ.
- ތަކެތި ހަވާލުކުރެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނާފައި ނުވާނަމަ ، އިވެލުއޭޝަން ކުރުމުގައި މުއްދަތު ކަމަށް ބެލެވޭނީ ހުށަހެޅޭ ހުރިހާ އަންދާސީހިސާބު ތަކުގައި ހިމެނޭ މުއްދަތަށްވުރެ ދިގު މުއްދަތެއްގައި ތަކެތި ހަވާލު ކުރުމަށް ހުށަހެޅިފައިވާ އަންދާސީހިސާބެއްގެ ގޮތުގައެވެ.
- އަންދާސީހިސާބުގައި ހިމެނޭ ތަކެތީގެ ތެރޭގައި ފަންނީ ގޮތުން އިތުރު މައުލޫމާތު ދޭންޖެހޭ ފަދަ ތަކެތި ހިމެނޭނަމަ އެފަދަ ތަކެތީގައި ފަންނީ މަޢުލޫމާތުތައް އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.
- މިއީ ހުށަހަޅާ އަންދާސީހިސާބުގައި ހިމެނޭ ތަކެތި ހަވާލު ކުރެވޭ ތާރީޚުން ފެށިގެން އެތަކެތީގެ އަގު ދެއްކުމަށް ދެވޭ މުއްދަތެވެ. މި މުއްދަތު ޖަހަންވާނީ ދުވަހުންނެވެ.
- އަގު ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި ކުންފިނީގެ ޕްރޮފައިލް އަންދާސީހިސާބާއެކު ހުށަހަޅަން ވާނެއެވެ.
- އަގު ހުށަހަޅަންވާނީ ވަކިފަރުދެއްގެ ހައިސިއްޔަތުންނަމަ އެފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.
- މަތީގައި ދެންނެވިފައިވާ މަޢުލޫމާތުތައް ފުރިހަމަ ނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.
އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނޭ ގޮތް
- އަގަށް: % 75 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- ޑެލިވަރީ މުއްދަތު: % 15 (އެންމެ ކުރު މުއްދަތެއް ހުށައަޅުއްވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- ތަޖުރިބާ % 10
- ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު % 5 ( އެންމެ ދިގު މުއްދަތެއް ހުށައަޅުއްވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 އެޕްރީލް 2013 ވާ ބުރާސްފަތި ދުވަހު 11:00ގައި މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.