| 
 -18 އަހަރުންދަށުގެ ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ކޯޓުން ނިންމާ މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުން. 
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުދިންގެ މުއްދަތުގެ ރެކޯޑްތައް ބެލެހެއްޓުން 
- ކޯޓުން ނިންމާ ހުރިހާ މައްސަލައެއްގެ ރިޕޯޓު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން 
- ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ހިންގޭ ޕްރޮގްރާމުތައް   ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން. 
- ކަމާބެހޭ ފަރާތްތަކުން ކޯޓަށް ފޮނުވާ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް، ދިވެހިބަހުންނާއި އިނގިރޭސިބަހުން ކޮމެންޓް ކުރުން. 
- ކޯޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި މުއައްސަސާތަކަށާއި އޯގަނައިޒޭޝަންތަކަށް ހުށަހަޅަންޖެހޭ ކޮންސެޕްޓް ޕޭޕަރތައް އިނގިރޭސިބަހާއި ދިވެހި ބަހުން ތައްޔާރުކުރުން. 
- ރާޢްޖެއާއި ރާއްޖޭންބޭރުގެ އެކިއެކި އޯގަނައިޒޭޝަންތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 
- ކޯޓުގެ މަސައްކަތާއި ގުޅުންހުރި ދާއިރާތަކުން އިންތިޒާމުކުރާ އެކިއެކި ތަމްރީނު ޕްރޮގްރާމްތަކާއި ވޯރކްޝޮޕް އަދި ސެމިނަރތަކުގައި، ކޯޓު ތަމްސީލު ކުރާ ފެސިލިޓޭޓަރެއްގެ ގޮތުން ބައިވެރިވުން. 
 |