ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމުތައް:
| 1. މަގާމުގެ ނަން | އެސިސްޓެންޓް ޑިރެކްޓަރ | 
| ރޭންކް: | އެމް.އެސް 3 | 
| އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: | ޕޮލިސީ އޮފީސް/ ރެޕިޑް އެކްޝަން | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| އަސާސީ މުސާރަ: | -/7,035 ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/2,000 ރުފިޔާ | 
| ޚާއްޞަ އެލަވަންސް: | 3,165/75 ރުފިޔާ (އަސާސީ މުސާރައިގެ %45) | 
| ލިވިންގ އެލަވަންސް: | -/2,500 ރުފިޔާ | 
| މަގާމުގެ ޝަރުޠު: 
 | - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ)ގެ ސަނަދެއް ހާސިލުކޮށްފައިވުން. | 
| މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: | - ސަރުކާރުގެ ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަންގެ ސިޔާސަތުތަކާއި، ޖަވާބުދާރީކުރުވަނިވި ދައުލަތެއް ޤާއިމްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސުތަކާއި، ގަވަރނަންސް ސެކްޓަރ އާއި ގުޅުންހުރި ސިޔާސަތުތަކާއި އުޞޫލުތައް އެކުލަވާލުމުގައި ކުރަންޖެހޭ ދިރާސާތަކާއި، އެކުލަވާލަންޖެހޭ ޕްލޭންތައް ތައްޔާރުކޮށް، މިދާއިރާއާ ގުޅޭގޮތުން އަންނަ މައްސަލަތައް ދިރާސާކޮށް އެ މައްސަލައާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން. - ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް އެހީތެރިވުމާއި އިދާރީ މަސައްކަތް ކުރުން. | 
| 2. މަގާމުގެ ނަން | ސީނިއަރ ރިސަރޗް އޮފިސަރ | 
| ރޭންކް: | އެމް.އެސް 2 | 
| އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: | ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| އަސާސީ މުސާރަ: | -/6,295 ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/2000 ރުފިޔާ | 
| ޚާއްޞަ އެލަވަންސް: | 2,832/75 ރުފިޔާ (އަސާސީ މުސާރައިގެ %45) | 
| ލިވިންގ އެލަވަންސް: | -/2,500 ރުފިޔާ | 
| މަގާމުގެ ޝަރުޠު: 
 | - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލްކޮށްފައިވުން. | 
| މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: | - އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާގައި ހިމެނޭ ކަންކަމާގުޅޭގޮތުން ހަވާލުކުރާ މައްސަލަތަކާއި މަޝްރޫޢުތަކުގެ ބްރީފް ތައްޔާރުކޮށް، މިކަންކަމާގުޅޭގޮތުން ފޮނުވަންޖެހޭ ސިޓީ/ ނޯޓް ތައްޔާރުކޮށް ފޮނުވުމާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ފޮލޯއަޕްސްހަދައި ބެލެހެއްޓުން. - މާލެ ހޮސްޕިޓަލްސް ބޯޑުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން ކޮންމެދުވަހަކު ފޮނުވަން ކަޑައަޅާފައިވާ ތަފާސް ހިސާބު ހޯދައި ޑޭޓާބޭސް ބަލަހައްޓައި މި މަޢުލޫމާތު ބޭނުންކޮށްގެން މި އޮފީހަށް ބޭނުންވާ އެނޭލިސިސް ހެދުން. | 
| 3. މަގާމުގެ ނަން | ސީނިއަރ އައި.ޓީ. ސަޕޯޓް އޮފިސަރ | 
| ރޭންކް: | އެމް.އެސް 2 | 
| އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: | ކޯޕަރޭޓް ސަރވިސް އޮފީސް/ އިންފޮމޭޝަން ޓެކްނޮލޮޖީ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| އަސާސީ މުސާރަ: | -/6,295 ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/2,000 ރުފިޔާ | 
| ޚާއްޞަ އެލަވަންސް: | 2,832/75 ރުފިޔާ (އަސާސީ މުސާރައިގެ %45) | 
| ލިވިންގ އެލަވަންސް: | -/2,500 ރުފިޔާ | 
| ސްޕެޝަލް އެލަވަންސް: | -/3,500 ރުފިޔާ | 
| މަގާމުގެ ޝަރުޠު: 
 | - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. | 
| މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: | - ކޮމްޕިއުޓަރ އަދި ސޮފްޓްވެއަރ ބޭނުންކުރުމުގައި ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދިމާވާ މައްސަލަތަކުގައި އެހީތެރިވެދިނުމާއި، އައި.ޓީ އާ ގުޅުންހުރި އިދާރީ މަސައްކަތްތައް ކުރުން. | 
| 4. މަގާމުގެ ނަން | އައި.ޓީ. ސަޕޯޓް އޮފިސަރ | 
| ރޭންކް: | އެމް.އެސް 1 | 
| އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: | ކޯޕަރޭޓް ސަރވިސް އޮފީސް/ އިންފޮމޭޝަން ޓެކްނޮލޮޖީ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| އަސާސީ މުސާރަ: | -/5,610 ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/2,000 ރުފިޔާ | 
| ޚާއްޞަ އެލަވަންސް: | 2,524/50 ރުފިޔާ (އަސާސީ މުސާރައިގެ %45) | 
| ލިވިންގ އެލަވަންސް: | -/2,500 ރުފިޔާ | 
| ސްޕެޝަލް އެލަވަންސް: | -/3,500 ރުފިޔާ | 
| މަގާމުގެ ޝަރުޠު: 
 | - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. | 
| މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: | - ކޮމްޕިއުޓަރ އަދި ސޮފްޓްވެއަރ ބޭނުންކުރުމުގައި ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދިމާވާ މައްސަލަތަކުގައި އެހީތެރިވެދިނުމާއި، ޓެކްނިކަލް މައްސަލަތަކަށް ޙައްލު ހޯދައިދިނުމާއި، ކޮމްޕިއުޓަރ ނެޓްވަރކާއި، ކޮމްޕިއުޓަރ ސިސްޓަމްތަކާއި އަދި ސޮފްޓްވެއަރ ބެލެހެއްޓުމާއި، އައި.ޓީ އާ ގުޅުންހުރި އިދާރީ މަސައްކަތްތައް ކުރުން. | 
| ހުށަހަޅަންޖެހޭ ތަކެތި: | 
 | 
| އިތުރު މަޢުލޫމާތު : | މި މަގާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 12 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. |