މަސައްކަތް
                	
                ނަންބަރު: (IUL)382/382/2019/93
                    ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2019
                    ޕަބްލިޝްކުރި ގަޑި:  10:03
                                            ސުންގަޑި: 
                            16 ޑިސެންބަރު 2019 13:00
                        
                    
                ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބުރުނީގައި ކުޑަކުދިންގެ ޕާކް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
                                ސުރުޙީގައި ދަންނަވާފައިވާ ކުޑަކުދިންގެ ޕާކް ކައުންސިލުން ދައްކާ ބިމެއްގައި އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- މިމަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 19 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.
މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް، މިމަސައްކަތަށް ޝައުގުވެރިވެލައްވާނަމަ އަންދާސީ ހުށަހެޅުމުގެ ފުރުޝަތު އޮތް ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފްކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
08 ރަބީޢުލްޢާޚިރާ 1441
05 ޑިސެންބަރު 2019
                05 ޑިސެންބަރު 2019