މަސައްކަތް
ނަންބަރު: GS84/IUL/2019/20
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 11 ޑިސެންބަރު 2019 11:00
މޮޅަދޫ ސްކޫލް، ހއ. މޮޅަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ އައުޓްސޯސްކޮށް، ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ!

 

ސެކިޔުރިޓީ ބަލަހަށްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

 

         01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ވިޔަފާރި އުސޫލުން މިސްކޫލްގެ ސެކިޔުރިޓީ ބަލަހަށްޓައި ދޭނެ ފަރާތެއް ހޯދުމަށް (19 ނޮވެމްބަރ 2019) ގައި ކުރެވުނު GS84/IUL/2019/16 ނަންބަރު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.      

        ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މޮޅަދޫ ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު މިސްކޫލަށް ހުށައެޅުމަށް ދަންނަވަމެވެ.  މިމަސައްކަތައް ކުރިމަތިލެވޭނީ މިހާރު ޢަމަލުކުރަމުންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގައިވާ ގޮތަށް އާމްދަނީ ހޯދުމަށް، މިފަދަ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ޤަވާޢިދުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށައެޅުން

05 ޑިސެމްބަރ 2019 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރުކުރި 11:00 އަށް

11 ޑިސެމްބަރ 2019 ވާ (ބުދަ) ދުވަހުގެ މެންދުރުކުރި 11:00 އަށް

 

        އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެނައުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މިއިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް 6500561 ނަންބަރު ފޯނާއެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

 05 ރަބީޢުލްއާޚިރް 1441

02 ޑިސެންބަރު 2019