ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-I2(b)/IUL/2019/208
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 03 ޑިސެންބަރު 2019 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ހުޅުމާލޭގައި އަލަށް ޢިމާރާތްކޮށްފައިވާ ޕޮލިސް ސްޓޭޝަންގެ އެކްސެސް ކޮންޓްރޯލަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަމްބަރ:  PC-171/2019/W-L237

  1. ހުޅުމާލޭގައި އަލަށް ޢިމާރާތްކޮށްފައިވާ ޕޮލިސް ސްޓޭޝަންގެ އެކްސެސް ކޮންޓްރޯލަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެގެން މި ސަރވިސްގެ ފަރާތުން ކޮށްފައިވާ ނަމްބަރ 171-I2(b)/IUL/2019/197 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected]

   އަށް މެއިލްކޮށް އަދި : [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.

  3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 03 ޑިސެމްބަރ 2019  ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  4. މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ނުބޭއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  5.ބީލަން ހުޅުވުން އޮންނާނީ 08 ޑިސެމްބަރ 2019 ދުވަހުގެ 14:00 ގައި އިސްކަންދަރު ބިލްޑިންގ 01  ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  6.ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  7.މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތުތައް ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ފޯމް ފޮނުވާ ފަރާތްތަކަށް މެއިލްގެ ޒަރީއާއިން ފޮނުވައިދެވޭނެއެވެ.

  8.ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާލެއް ވާނަމަ 05 ޑިސެމްބަރ 2019 ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ.

  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

 ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް

 މޯލްޑިވްސް ޕޮލިސް ސަރވިސް

 އަމީނީމަގު ، މާލެ، ދިވެހިރާއްޖެ

 ފޯން: 9790052 960 +

 އީ-މެއިލް: [email protected]

 ކޮޕީ: [email protected]

01 ޑިސެންބަރު 2019