ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A2/1/2019/112
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 18:57
ސުންގަޑި: 19 ޑިސެންބަރު 2019 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލުން

މާލެސިޓީ، މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 01 ޑިސެމްބަރ 2019 އިން 19 ޑިސެމްބަރ 2019 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި ގޮޅިތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް މި ކައުންސިލުން ދޫކުރާ ފޯމުންނެވެ. މި ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން ފެށިގެން 14:00 އާ ދެމެދު މި ކައުންސިލުން ލިބެންހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓު www.malecity.gov.mv  އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

        ފޯމް ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބިވަޑައިގަންނަވާނެއެވެ.

        ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

                             01 ރަބީޢުލްއާޚިރު 1441

28 ނޮވެންބަރު 2019

28 ނޮވެންބަރު 2019