މަސައްކަތް
ނަންބަރު: (IUL)GS-64/2019/024
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 03 ޑިސެންބަރު 2019 13:30
ހިރިލަންދޫ ސްކޫލް، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
ހިރިލަންދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                 މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަމްބަރ (IUL)GS-64/2019/016 ގެ މައުލޫމާތު ސާފުކުރުމަށް ތިން ފަރާތުން ހާޟިރުވެފައި ނުވާތީ، އެ އިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.

 

               ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:30 އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:30 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

               މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރަން ހާޟިރުވާނަމަ، އެފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ގެންނަވަން ވާނެއެވެ. 

27 ނޮވެންބަރު 2019