ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީ އަށް 100 ނެރުބައްތި ގަންނަން ބޭނުންވެގެން، 2019 ސެޕްޓެމްބަރ 17 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަމްބަރ (IUL)202-A/1/2019/92އާއިގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާއްތަކަށް ދެވިފައިވާ މައުލޫމާތުޝީތުގައި ތަފާތުތަކެއް ހުރުމާއި ގުޅިގެން، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ނެރުބައްތި މިއޮތޯރިޓީއަށް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހުންފެށިގެން މައުލޫމާތު ހޯއްދެވުން އެދެމެވެ. މައުލޫމާތު ޝީޓް މިއިއުލާނާއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއޮތޯރިޓީގެވެބްސައިޓުން ވެސް ލިބެންހުންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 04 ޑިސެމްބަރު 2019 ވާ ބުދަ ދުވަހު 10:00 ގައި މިއޮތޯރިޓީގައެވެ.
ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިގަތުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
28 ރަބީޢުލްއައްވަލް 1441
25 ނޮވެމްބަރު 2019