މަސައްކަތް
ނަންބަރު: GS-88/IUL/2019/18
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 05 ޑިސެންބަރު 2019 14:00
ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
މިސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހިރިމަރަދޫ ސުކޫލް

ހދ.ހިރިމަރަދޫ، ދިވެހިރާއްޖެ


 

މިސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 14 ނޮވެމްބަރ 2019ގައި ކުރި ޢިއުލާން ނަންބަރ: GS-88/IUL/2019/13 އާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޟިރުވެފައި ނުވާތީވެ، އަލުން އެފުރުސަތު 2ވަނަ ފަހަރަށް ހުޅުވާލަމެވެ.

            ވީމާ، ކޮންޓްރެކްޓް އުސޫލުން މިސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސުކޫލަށް ހާޟިރުވެ މައުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.

 

ތާރީހާއި ގަޑި

ތަފްސީލް

05 ޑިސެމްބަރ 2019 (ބުރާސްފަތި) 14:00

މައުލޫމާތު ދިނުމުގެ ބައްދަލުވުން

10 ޑިސެމްބަރ 2019 (އަންގާރަ) 14:00

އަންދާސީ ހިސާބު ހުށައެޅުން

 

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރިކުރުމުގެ ޤާނޫނު(ޤާނޫނު ނަންބަރ:2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރ:2018/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް  އެކަންޏެވެ. މައުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހާޟިރުނުވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު އައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ މިސުކޫލްގެ ފޯން ނަންބަރ 6520536 ކަށެވެ.

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

29 ރަބީޢުލްއައްވަލް 1441

26 ނޮވެމްބަރ 2019

26 ނޮވެންބަރު 2019