މަސައްކަތް
ނަންބަރު: (IUL)MRH-PRO/2019/19
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 28 ނޮވެންބަރު 2019 13:00
މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މުލީ ރީޖަނަލް ހޮސްޕިޓަލްގައި އައުޓްސޯސް ކޮއްގެން ކެންޓީން ހަދާ ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މުލީ ރީޖަނަލް ހޮސްޕިޓަލްގައި އައުޓްސޯސް ކޮއްގެން ކެންޓީން ހަދާ ހިންގާނެ ފަރާތެއް ހޯދުމަށް

 

                    ހޮސްޕިޓަލަށް އައުޓްސޯސް ކޮށްގެން ހޮސްޕިޓަލްގެ ގޯތިތެރޭގައި ކެންޓީނެއް ހަދާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)MRH-PRO/2019/18  (18 ނޮވެމްބަރ 2019) އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް 03 ފަރާތުން ހާޒިރުވެފައި ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

                  ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް  ހޮސްޕިޓަލް އޮފީހަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

                 

އަދި ދަންނަވަމެވެ. މަޢުލޫމާތުސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަންނާނެ ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާފަރާތްތަކުގެ އަންދާސީހިސާބު ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި،  6720605  ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2019