ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A3/1/2019/109
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1227
ސުންގަޑި: 04 ޑިސެންބަރު 2019 1400
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލޭގައި ފައިބަރު މަސައްކަތްކުރުން މަނާކުރުމާއިބެހޭ

ވިލިމާލޭގެ ބާބަކިއު ސަރަހައްދުގައި އޮޑިދޯނި ފަހަރު އެހެލައިގެން، ވަޑާންކުރުމާއި، ފައިބަރުޖެހުމުގެ މަސައްކަތްކުރަމުން ދާކަމުގެ ޝަކުވާ ދަނީ މިއިދާރާއަށް ލިބެމުންނެވެ. މިސަރަހައްދަކީ އޮޑިދޯނި ފަހަރު އެހެލުމާއި، ވަޑާންކުރުމާއި، ފައިބަރޖެހުން ފަދަ މަސައްކަތްކުރުން މަނާ ސަރަހައްދަކަށްވެފައި، ފައިބަރުޖެހުމުގެ މަސައްކަތަކީ  ސިއްޙީގޮތުން އާންމުންނަށް ގެއްލުންހުރި ކަމަކަށްވާތީ މި ސަރަހައްދުގައި މިކަންކަން ކުރުމަކީ މަނާ ކަމެއް ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

27 ރަބީއުލްއައްވަލް   1441

2019-11-24