ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) PSM-FP/ PSM/2019/111
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 19:35
ސުންގަޑި: 26 ނޮވެންބަރު 2019 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވީޑިއޯ ޑްރާމާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/111

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-28-19) PSM-TV-Pro /2019/213

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                      މިކުންފުނީގެ ޓީވީއެމް އިން ދެއްކުމަށް 10 މިނެޓްގެ 15 ވީޑިއޯ ޑްރާމާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ޑްރާމާތަކަކީ އިޖްތިމާޢީ ތަފާތު މައްސަލަތަކަށް ތަފާތު ސްޓޯރީތަކަށް ތައްޔާރުކުރެވޭ ޑްރާމާތަކެވެ.

                    ވީމާ، މިކުންފުނިންދޭ މަޢުލޫމާތާއެއްގޮތަށް މިޑްރާމާތައް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތް ތަކުން މިކުންފުނިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް  26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                    ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

24 ރަބީޢުލްއައްވަލް 1441                     

                           21 ނޮވެމްބަރ 2019                     

21 ނޮވެންބަރު 2019