ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2019/223
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 01 ޑިސެންބަރު 2019 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ލޯކަލް މާރުކޭޓުގެ މަތީބައި ކުއްޔަށް ދިނުމާއި ގުޅޭ

ފުވައްމުލަކު ލޯކަލް މާރުކޭޓުގެ މަތީބައި ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން (ކުރީގެ މާދަޑު ކައުންސިލް) ގެ މީޓިންގ ރޫމަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރަން ޙާޞިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

21 ނޮވެންބަރު 2019