ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމުތައް:
| 1. މަގާމުގެ ނަން | މަސައްކަތު | 
| ރޭންކް: | އެސް.އެސް 1 | 
| އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: | ކޯޕަރޭޓް ސަރވިސް އޮފީސް / ފައިނޭންސް އެންޑް މެއިންޓެނަންސް | 
| ބޭނުންވާ އަދަދު: | 2 ( ދޭއް) | 
| އަސާސީ މުސާރަ: | -/3,100 ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/1,000 ރުފިޔާ | 
| ޚާއްޞަ އެލަވަންސް: | -/1,395 ރުފިޔާ (އަސާސީ މުސާރައިގެ %45) | 
| ލިވިންގ އެލަވަންސް: | -/2,500 ރުފިޔާ | 
| އޮގްޒިލަރީ ސަރވިސް އެލަވަންސް: | -/700 ރުފިޔާ | 
| މަގާމުގެ ޝަރުޠު: 
 | - ލިޔަން ކިޔަން ދަތުން. - ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން. - ޢުމުރުން 45 އަހަރުން ދަށުގެ މީހެއް ކަމުގައި ވުން. | 
| މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: | - މެއިންޓެނަންސްގެ މަސައްކަތްތައް. | 
| ހުށަހަޅަންޖެހޭ ތަކެތި: | 
 | 
| އިތުރު މަޢުލޫމާތު : | މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 25 ނޮވެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. |