މަސައްކަތް
ނަންބަރު: GS61/IUL/2019/26
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 25 ނޮވެންބަރު 2019 11:00
މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

އެސެމްބްލީ އޭރިއާގައި ސަންނެޓް ޖެހުން އަދި ޑެސްކް މަރާމާތުކުރުން

1. މި ސްކޫލުގެ އެސެމްބްލީ އޭރިއާގައި ޖަހާފައިވާ ސަންނެޓް ހަލާކުވުމުގެ ސަބަބުން އާ ސަންނެޓެއް (ޑަބަލްކޮށް) ޖަހައިދިނުމާއިއެކު 15 ޑެސްކް މަރާމާތުކޮށްދެވޭނެ އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2. މި މަސައްކަތް ކޮށްދެއްވުމަށް އެދޭ ފަރާތްތަކުން، 2019  ނޮވެމްބަރު 18 ން 2019  ނޮވެމްބަރު 21 ށް ބަންދުނޫން ދުވަސްތަކުގެ 8:30 އިން 14:00 އަށް މިސްކޫލުގެ  އޮފީހަށް ވަޑައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.

3. އަންދާސީ ހިސާބު  ހުށަހަޅުއްވާނީ 2019  ނޮވެމްބަރު  25 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން  މި ސްކޫލުގެ އޮފީހަށެވެ.

4. މި މަސައްކަތުގެ މުއްދަތަކީ އެގްރީމަންޓް ކުރެވޭ ތާރީޚުން ފެށިގެން 20 ދުވަހުގެ މުއްދަތެވެ.

5. އަންދާސީ ހިސާބު ފޮނުއްވާނީ ތިރީގައި މިވާ އެޑްރެހަށެވެ.

 

މަރަދޫފޭދޫ ސްކޫލް

މަރަދޫފޭދޫ

އައްޑޫސިޓީ، ދިވެހިރާއްޖެ.

ފޯން:  1531-689

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

17 ނޮވެންބަރު 2019