ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ނަންބަރު: (IUL)284-MS/284/2019/44(24 އޮކްޓޯބަރ 2019) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމުން، އެއިޢުލާން ބާތިލްކޮށް އަލުން މިލަންދޫގެ ކުނިމެނޭޖްކުރުމުގެ މަސައްކަތަށް ޕިކަޕެއް ގަތުމަށް އިޢުލާންކުރީމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
26 ނޮވެމްބަރ 2019 |
އަންގާރަ |
ހެނދުނު 11:00 |
އަގު ހުށަހެޅުން |
28 ނޮވެމްބަރ 2019 |
ބުރާސްފަތި |
ހެނދުނު 11:00 |
މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި ބައިވެރިވެއްލައްވާނަމަ، އެކަން އަންގައިދޭ ލިޔުން ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު 6ގެ (ހ) ގައިވާގޮތަށް، ކުންފުނި ނުވަތަ ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީސް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
17 ރަބީޢުލްއައްވަލް 1441
14 ނޮވެމްބަރ 2019