ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 127(IUL)113-PRC/1/2019/127
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 19 ނޮވެންބަރު 2019 13:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލް އާއި ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

   މި ކުންފުނީގެ ފަރާތުން އައްޑޫ ސިޓީގައި ދެމުންގެންދާ ދަތުރުފަތުރުގެ ޚިދުމަތުގައި  ބޭނުންކުރާ އުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލް އާއި ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު އިއުލާން ނަމްބަރު (IUL)113-PRC/I/2019/124 ގެ ޕްރީބިޑް އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިއުލާން ބާތިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

   ވީމާ، މިކަމަށް ޝައުގުވެރިވެލައްްވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން މި ކުންފުނީގެ ހެޑް އޮފީހުންނާއި ސަދަން ޓްރާސްޕޯޓް ލިންކް (ފޭދޫ) ޔުނިޓުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފު ކުރެއްވުން

     އަންދާސީ ހިސާބު ހުށަހެޅުއްވުން

 19 ނޮވެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00

  26 ނޮވެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00

   މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ  ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

12 ނޮވެންބަރު 2019