މަސައްކަތް
ނަންބަރު: WAMCO-LOG/IUL/2019/073
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1527
ސުންގަޑި: 13 ނޮވެންބަރު 2019 1100
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ބައެއް ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު: WAMCO-LOG/IUL/2019/073

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ބައެއް ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތް

  1. 14 އޮކްޓޯބަރ 2019 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއިން ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތިރީގައި ބަޔާންކޮށްފައިވާ ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރ: WAMCO-LOG/IUL/2019/065) އާއި ގުޅިގެން، 29 އޮކްޓޯބަރ 2019 ވި އަންގާރަ ދުވަހުގެ 11:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި އެއްވެސް ފަރާތަކުން ބައިވެރިވެވަޑައިނުގަތުމާ ގުޅިގެން އިޢުލާން (ނަންބަރ: WAMCO-LOG/IUL/2019/65) ބާތިލްކޮށް އަލުން އިއުލާން ކުރަމަވެ.

1.1.    UD Quester Dump Lorry

1.2.    UD Nissan Dump Lorry X3

1.3.    Hyundai Compactor Truck

1.4.    Isuzu Dump Lorry  

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މައުލޫމާތު ކަރުދާހާއި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޙު

ގަޑި

ތަން

މައުލޫމާތު ދިނުން

13 ނޮވެމްބަރ 2019 (ބުދަ)

11:00

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް މީޓިންގ ރޫމް

އަންދާސީ ހިސާބު ހުށަހެޅުން

20 ނޮވެމްބަރ 2019 (ބުދަ)

11:00

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 1:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  މައުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ، ފެކްސް ނަންބަރު:  3000584 

[email protected]

10 ރަބިއުލް އައްވަލް 1441

7 ނޮވެމްބަރ 2019

2019-11-07