ދިވެހިރާއްޖެ
މި ޓްރައިބިއުނަލުގެ ނަނންބަރ: (IUL)223/1/2019/12 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީވެ،
އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
| 
 މަޤާމް:  | 
 އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ (ވަގުތީ)  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
 ލީގަލް އެންޑް އެސަސްމަންޓް ސެކްޝަން  | 
| 
 މުސާރަ، ޢިނާޔަތްތަކާއެކު:  | 
 މަހަކު 9,100/-ރުފިޔާ އަދި އިތުރު ގަޑީގައިކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނޭއެވެ.  | 
| 
 ވަޒީގެ މުއްދަތު:  | 
 ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 6 މަސް ދުވަސް  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
 - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ޓްރައިބިއުނަލްގެ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތީން ބަލައިގަތުމާއި، ރެކޯޑްކުރުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން. - ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކުގެ އަޑުއެހުންތައް ޓައިޕްކޮށް މައްސަލަ ބަލަމުންދާ މެންބަރުންނަށް ހުށަހެޅުން. - ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ ފައިލްތައް ބެލެހެއްޓުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މައްސަލަ ރައްދުވާ ފަރާތުން ހޯދަންޖެހޭ ޖަވާބު ހޯދުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ޓްރައިބިއުނަލަށް ޙާޟިރުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ރައްދު ކުރުމުގެ ކަންތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ބަލާ ޔަޤީންކުރުން. - ޓްރައިބިއުނަލަށް ބަލައިގަންނަ މައްސަލަތަކުގެ ދަފްތަރު ބެލެހެއްޓުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި މެމްބަރުންނަށާއި، އެހެނިހެން ވެރީންނަށް ބޭނުންވާ އިދާރީ ސަޕޯރޓް ދިނުން. - ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި ޓްރައިބިއުނަލުގެ މެމްބަރުންނަށް އެހީތެރިވެދިނުން. - ރިސެޕްޝަން ބަލަހައްޓަންޖެހޭ ޙާލަތްތަކުގައި ރިސެޕްޝަން ބެލެހެއްޓުން.  | 
| 
 ޝަރުތު: - އޭ ލެވެލް ދެ މާއްދާއާއި އޯލެވެލް އިނގިރޭސި އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން: ނުވަތަ - އޯލެވެލް ހަތަރު މާއްދާއާއި (އިނގިރޭސިއާއިއެކު) އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. - ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  | 
|
| 
 ހުށަހަޅުއްވަންޖެހޭ ތަކެތި: 
 
 
 ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 ނޮވެމްބަރު 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއު ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމް މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.  | 
|
10 ރަބީޢުލްއައްވަލު 1441
07 ނޮވެމްބަރު 2019