ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)HAAH/HAAH/2019/9
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1114
ސުންގަޑި: 21 ނޮވެންބަރު 2019 0000
ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯރެޓަރި ޓެކްނޯލޮޖިސްޓް

އިޢުލާން 

ހއ.އަތޮޅު ހޮސްޕިޓަލަށް ލެބޯޓްރީ ޓެކްނޯލޮޖިސްޓެއްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 21 އޮކްޓޯބަރ 2019 ވަނަ ދުވަހު ކޮށްފައިވާ މިހޮސްޕިޓަލުގެ ނަމްބަރ (IUL)HAAH/HAAH/2019/7 އިއުލާން ބާތިލްކޮށް އަލުން އެމަޤާމަށް މީހަކު ހޯދުމަށްޓަކައި އިޢުލާންކުރަމެވެ.

މަޤާމު

ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް

މަޤާމުގެ ނަންބަރު

J-256070

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

ލެބޯޓްރީ ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ. އަތޮޅު ހޮސްޕިޓަލް

މުސާރަ

6295.00 ރުފިޔާ

ސަރވިސް އެލަވަންސް

2500.00 ރުފިޔާ

އިތުރު އިނާޔަތްތައް

1-      ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެޝަން ކޮންޓްރިބިއުޝަން

2-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

3-      ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

4-      ރިސްކު އެލަވަންސް -/100 ( މަސައްކަތަށް ހާޞިރުވާ ދުވަހަކަށް )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      ކަނޑައެޅިފައި އޮންނަ ޑިއުޓީތަކުގައި ޤަވައިދުން ޑިއުޓީ ކުރުމާއި ، އިންވެސްޓިގޭޝަންތައް ނިމުމާއި އެކު ހަވާލްކުރަންޖެހޭ ސެކްޝަންތަކާއި ހަވާލުކުރުން

2-      ލެބޯޓްރީގައި ބޭނުންކުރާ އިކްވިޕްމަންޓްސް ، ރީއޭޖަންޓްސް ފަދަ ތެކެތި ރައްކާތެރިކާމައިއެކު ބެލެހެއްޓުން.

3-      ލެބޯޓްރީގެ އިންވެންޓްރީ ޤަވައިދުން ބެލެހެޓުން.

4-     ލެބޯޓްރީގައި ތައްޔާރުކުރަންޖެހޭ ހުރިހާ ރިޕޯރޓެއް ޤަވައިދުން ތައްޔާރުކޮށް ކަނޑައެޅިގައިވާ ތާރީޚްތަކުގައި ފޮނުވުން

5-     ހޮސްޕިޓަލުން ހެދިފައި ހުންނަ ޤަވައިދުތަކާއި، ޙެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކާއި އެތިކްސްތަކާއި އެއްގޮތަށް މަސައްކަތްކުރުން

6-     ހޮސްޕިޓަލިގެ ލެބޯޓްރީއިން އާންމުންނަށް ދެވޭ ޙިދުމަތުގެ ފެންވަރު  ރަނގަޅު ކުރުމަށް މަސައްކަތްކުރުމާއި ބަލިމީހުންގެ އިތުބާރުލިބޭނެ ފަދަ ގޮތަކަށް މަސައްކަތުގެ މާހައުލު ބައްޓަންކުރުން

7-     ހޮސްޕިޓަލުން ހިންގޭ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ، މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ، ބައިވެރިވުން

8-     ހޮސްޕިޓަލިގެ ވެއްޓަކީ ސާފުތާހިރު ވެއްޓަކަށް ހެދުމަށް މަސައްކަތްކުރުމާއި، މަސައްކަތް ކުރާ އޭރިޔާ އަބަދުވެސް ބަލިމީހުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވާ ކަށަވަރުކޮށްދިނުން

9-     ހޮސްޕިޓަލުގެ ލެބޯޓްރީއިން ޚިދުމަތް ފޯރުކޮށް ދިނުމުގައި ހުރިހާ މީހުންނަށް ވެސް ހަމަހަމަ އުސޫލަކުން ޚިދުމަތް ފޯރުކޮށްދިނުން.

10-ލެބޯޓްރީގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޑިއުޓީ ރޯޓަރ ތައްޔާރުކޮށް މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒް ކުރުން

11-  ލެބޯޓްރީއާއި ބެހޭ ރެކޯޑްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

މެޑިކަލް ލެބޯޓްރީ ނުވަތަ މެޑިކަލް ސައެންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

ގުޅޭ ވަޒީފާގެ ދާއިރާ

ލެބޯޓަރީ ސަރވިސް

 

ތައުލީމީ ރޮނގުތައް:

ބަޔޯމެޑިކަލް ސައެންސް

ލެބޯޓަރީ ސައިންސް

މެޑިކަލް ސައިންސް

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،  އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

9- މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ނޮވްމެބަރ 2019ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019  ޑިސެމްބަރ މަހުގެ ތެރޭގައި ހއ.އަތޮޅުހޮސްޕިޓަލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500053 ނަންބަރު ފޯނާއެވެ.

2019-11-07