ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/142/2019/71
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1420
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޢުމްރާ ވިސާ ފީ އާގުޅޭ

އާންމު އިޢުލާން

ޢުމްރާ ވިސާ ފީ އާގުޅޭ

 

ޢުމްރާ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ދާ ޢުމްރާވެރިންގެ ވިސާޖެހުމަށް ނަގާ އަގުތަކަށް ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ޢުމްރާގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކުގެ އަތުން ރިޕީޓާސް ފީގެ ނަމުގައި ކުރިން ނަގަމުންއައި 2000 (ދެހާސް) ރިޔާލު ނުނަގާގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. ވިސާގެ ފީގެ ގޮތުގައި ހުރިހާ ޢުމްރާވެރިންގެ އަތުން މިހާރު ނަގާނީ 300 (ތިންސަތޭކަ) ރިޔާލު ކަމަށާއި މީގެ އިތުރުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެހެން ނަމަވެސް، ތަފާތު އެޖެންޓުން މެދުވެރިކޮށް ވިސާ ނަންގަވާއިރު އެފަރާތްތަކުން ދޭ ޚިދުމަތްތަކާގުޅިގެން އެފަރާތްތަކުން އިތުރު ފައިސާ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށާ، އެހެންނަމަވެސް އެއީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އަންގައިގެން ނަގާ ފީތަކެއް ނޫންކަމަށްވެސް ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން މަޢުލޫމާތު ދެއްވާފައިވެއެވެ.

ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

2019-11-06