ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)428-A/1/2019/22
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1420
ސުންގަޑި: 19 ނޮވެންބަރު 2019 1400
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވޭޖް)

   މަޤާމް:                       އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވޭޖް) 

   ބޭނުންވާ އަދަދު:                01

   މަޤާމުގެ ގިންތި:                ވޭޖް އުސޫލުން (2020 މެއި 6 ގެ ނިޔަލަށް)

   މަޤާމުގެ ރޭންކް:                ޖީ.އެސް. 3

   މަޤާމުގެ ކްލެސިފިކޭޝަން :         އޮފިސަރ ގްރޭޑް 1

   ވަޒީފާ އަދާކުރަންޖެހޭ ތަން:         ޓިވެޓް އޮތޯރިޓީ

   މުސާރަ :                    6665.00ރުފިޔާ ( ދުވާލަކަށް 222.16)

  

      އެހެނިއެހެން އެލަވަންސް

1-      ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2-      ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ސިޓީ، ނޯޓް، ސާކިއުލަރ އަދި އިއުލާން ފަދަތަކެތި ލިޔެ ފޮނުވުން.
  • ސްޓޭޓް މިނިސްޓަރގެ ބައްދަލުވުންތައް ހަމަޖެއްސުން.                                                                                                    
  • އެންޓްރީ ބެލެހެއްޓުން.
  • މި އޮތޯރިޓީގައި އަދި އޮތޯރިޓީއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތައް ހަމަޖެއްސުން.                
  • ބައްދަލުވުންތަކުގެ ޔައުމިއްޔާތަށް ލިޔެ ފައިލް ކުރުން.                                         
  • ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންނާ ގުޅުންހުރި ފޯމް ފަދަތަކެތި ފުރިހަމަކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ޓިވެޓް އޮތޯރިޓީގެ ޕްރޮކިމަންޓަރގުޅޭ އެންމެހާ މަސައްކަތެއް ކުރުން.
  • ޓިވެޓް އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައާއިގުޅޭ އެންމެހާ މަސައްކަތް ކުރުން. 
  • ޓިވެޓް އޮތޯރިޓީގެ ސްޓޮކްއާއި އިންވެންޓްރީ ބެލެހެއްޓުމާއި މެނޭޖްކުރުން.
  • ކޯޕަރޭޓިވް ސަރވިސް ސެކްޝަނާ ގުޅުންހުރި މަސައްކަތް ކުރުން.

                                                                                                                                                                                       

މަޤާމުގެ ޝަރުތު:                                                   

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔަރ 'ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

                                   

ހުށަހަޅަންޖެހޭ ލިޔުންތައް

1- މި މަޤާމަށް އެދި ހުށައަޅާ ފޯމް (މި ފޯމް މި އޮތޯރިޓީގެ ވެބްސައިޓް  www.tvet.gov.mv އިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ، ދެފުށުގެ ލިތުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ވަޒީފާ ހަމަޖެއްސުމަށް ބެލޭނެ އެހެނިހެން ކަންތައްތައް

ހ. ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ށ. ރާއްޖޭގެ ރަށްތަކާއި ރިސޯޓްތަކަށް ދަތުރުކުރެވޭ ފަރާތަކަށްވުން.

ނ. ނުރަސްމީ ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ އޮފީހަށް ނުކުމެވޭ ފަރާތަކަށްވުން.

ރ. އޮފީހުގެ ރަސްމީ ގަޑީގައިއާއި އަދި ނުރަސްމީ ގަޑީގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވޭނެ ފަރާތަކަށްވުން.

ބ. ފައިނޭސްއާއި ގުޅުންހުރި މަސައްކަތް ކުރަން ދަންނަފަރާތަކަށްވުން.

                            

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، 1 ވަނަ ފަންގިފިލާ، މ.ވޯލްޑް ޑްރީމްއަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު.

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 ނޮވެމްބަރ 2019 އިން 25 ނޮވެމްބަރ 2019 އާއި ދެމެދުގައި ޓިވެޓް އޮތޯރިޓީގައެވެ.  

ޝޯޓްލިސްޓް ކުރުން:

ހ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.   

 

  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރ 3026611 ފޯނަށް ގުޅުއްވުން އެދެމެވެ.

 

2019-11-06