ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)249-A/249/2019/71
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 18 ނޮވެންބަރު 2019 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު މީހުން ނެގުމާއިގުޅޭ

އިޢުލާން

ވަގުތީ މަސައްކަތު މީހުން ނެގުމާއިގުޅޭ:

ހއ. ކެލާ ކުނިކޮށި ސާފުކޮށް ބަލަހައްޓާނެ ވަގުތީ މަސައްކަތު މީހުން 03 މަސްދުވަހުގެ މުއްދަތަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:              03 މީހުން

މުސާރަ:                    -/2000 ރުފިޔާ ( މަހަކު )

އެލަވަންސް:                 ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/100 ރުފިޔާ

މަސައްކަތުގެ ގަޑި:             04 ގަޑިއިރު ( ދުވާލަކު )

ވަޒީފާއަދާކުރަންޖެހޭ ތަން:         ހއ. ކެލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ( ކުނިކޮށި ) / ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

ޝަރުތު:

- ލިޔަން ކިޔަން ރަގަޅަށް ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. ނުވަތަ އެފަދަ މަސައްކަތެއްކުރުމަށް ޞިއްހަތު ސަލާމަތުންހުރި މީހެއްކަމުގައިވުން      

ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި އެހެނިހެން ކަންތައް:

  1. ފަތްކުނި، ނެޕީ، ގަސްކުނި އެންދުން.
  2. ކުނިކޮށީގައި ހުރި މެޝިނަރީޒް އާއި ހިފާގެންގުޅޭ ތަކެތި ބެލެހެއްޓުން.
  3. ބިއްލޫރިކުނި ވަކިކޮށް ކުނިކޮށީގެ ވަކި ސަރަޙައްދަކަށް ޖަމާކުރުން
  4. ޕްލާސްޓިކު ކުނި އަދި ދަގަނޑު ކުނި ވަކިކޮށް ކުނިކޮށީގެ ވަކި ސަރަޙައްދަކަށް ޖަމާކުރުން ނުވަތަ ޖަމްބޯ ބޭގަށް އެޅުން.
  5. އަދި މިނޫނަސް ކުނިކޮށްޓާއި ކުނިމެނޭޖް ކުރުމުގައި ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭފޯމް (ފޯމް ކެލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށްއެދޭ ފަރާތްތަކުގެ ޢަދަދު 03 ފަރާތަށްވުރެ އިތުރުވާނަމަ އެންމެ ޤާބިލް ފަރާތެއް ހޮވުމަށް އިންޓަވިއުއެއް ބޭއްވޭނެވެ. އަދި ބޭއްވޭ އިންޓަވިއު އޮންނާނީ 20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހު ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުބުރީ ކެލާ ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލު އިދާރާއަށެވެ. މި ވަޒީފާއަށްއެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅަފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރ: 6500027 އާއި ގުޅުއްވުން އެދެމެވެ.

04 ނޮވެމްބަރ 2019

06 ނޮވެންބަރު 2019