ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)431-AHP/1/2019/36
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1054
ސުންގަޑި: 19 ނޮވެންބަރު 2019 1000
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީއަށް ފަރުނީޗަރު ގަތުމާއިބެހޭ

އިޢުލާން

 

މި އޮތޯރިޓީއަށް ބޭނުންވާ ފަރުނީޗަރު ގަތުމަށްޓަކައި 29 ސެޕްޓެމްބަރ 2019 ގައި ކުރެވުނު ނަންބަރު IUL)431-AHP/1/2019/29) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންފައިވަނީ ދެ ފަރާތުން ކަމުގައިވާތީ، މިއޮތޯރިޓީ އަށް ބޭނުންވާ ފަރުނީޗަރ ގަތުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ނޮވެމްބަރ 19 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މިއޮތޯރިޓީގެ ކައުންޓަރުން މައުލޫމާތު ޝީޓު ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 7345062 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

09 ރަބީއުލްޢަވަލް 1441ހ.

06 ނޮވެމްބަރ 2019މ.

2019-11-06